ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2020 ވަނަ އަހަރުގެ 54 ވަނަ ބައްދަލުވުން

5 އޮކްޓޯބަރު 2020 14:00 ނަންބަރު 54

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ ބިލުތަކުގެ ސުންގަނޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެ ގޮތުން؛ 1. ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 2020/22) ގެ ސުންގަޑި 29 އޮކްޓޫބަރު 2020 ގެ ނިޔަލަށް؛ 2. ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 2020/23) ގެ ސުންގަޑި 29 އޮކްޓޫބަރު 2020 ގެ ނިޔަލަށް އަދި 3. ތަޢުލީމުގެ ބިލު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައިގެ ސުންގަޑި 14 އޮކްޓޫބަރު 2020 ގެ ނިޔަލަށް. ދެން މި އަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެ ގޮތުން ބިލުގެ 1 ވަނަ މާއްދާއިން ފެށިގެން 2 ވަނަ މާއްދާގެ (ރ) ގެ ނިޔަލަށް ބިލު އިސްލާހުކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޯގަސްޓު 2020

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 2020/22)

ކޮމެޓީ މަސައްކަތް ނިމިފައި

31 އޯގަސްޓު 2020

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 2020/23)

ކޮމެޓީ މަސައްކަތް ނިމިފައި

8 ޖޫން 2020

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA