ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

6 އޮކްޓޯބަރު 2020 14:00

ނަންބަރު

55

2020 ވަނަ އަހަރުގެ 55 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ ބިލުތަކުގެ ތެރެއިން ސުންގަނޑި ހަމަވެފައިވާ 2 ބިލުގެ ސުންގަނޑި އަލުން ކަނޑައެޅުމުގެ މަސައްކަތެވެ. އެ ގޮތުން؛ 1. އެއްމެދު ޢިމާރާތުގެ ބިލުގެ ސުންގަޑި 23 ނޮވެމްބަރު 2020 ގެ ނިޔަލަށް އިތުރުކުރުމަށް އަދި 2. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު 2 ނޮވެމްބަރު 2020 ގެ ނިޔަލަށް އިތުރުކުރުމަށް؛ ދެން މި އަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެ ގޮތުން ބިލުގެ 2 ވަނަ މާއްދާގެ (ރ) ފެށިގެން 3 ވަނަ މާއްދާގެ (ހ) ގެ 14 ގެ ނިޔަލަށް ބިލު އިސްލާހުކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
8 ޖޫން 2020 - ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA