ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

13 އޮކްޓޯބަރު 2020 10:00

ނަންބަރު

58

2020 ވަނަ އަހަރުގެ 58 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ 2 (ދޭއް) ބިލު ދިރާސާކުރެއްވުމެވެ. އަދި އެ ބިލުތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރެއްވުމަށްފަހު ބިލު ދިރާސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެގޮތުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައި، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދުކުރެއްވީ މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށެވެ. އަދި މި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު، ތަޢުލީމުގެ ބިލު ދިރާސާކުރެއްވިއެވެ. އެގޮތުން، ބިލުގެ 9 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް، 11 ވަނަ މާއްދާގެ (ބ) އުނިކުރެއްވިއެވެ. އަދި 40 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާއި 5 ވަނަ ނަންބަރު އިސްލާޙްކުރައްވައި، 49 ވަނަ މާއްދާގެ (ފ) އަދި (ދ) އިސްލާހްކުރެއްވިއެވެ. މި އިސްލާޙުތައް ކޮމިޓީން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 މާރިޗު 2020 - ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA