ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

20 އޮކްޓޯބަރު 2020 10:00

ނަންބަރު

62

2020 ވަނަ އަހަރުގެ 62 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ 2 (ދޭއް) ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެ ގޮތުން އެ 2 ބިލުގެ ތެރެއިން ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް (ބިލު ނަންބަރު 23/2020) ހުށަހެޅިފައިވާ އިޞްލާހު ކޮމިޓީން ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މިގޮތައް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. އަދި، އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ (ބިލު ނަންބަރު 2020/22) ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ބިލު ހުށަހެޅިފައިވާގޮތައް އިޞްލާހުތަކާއެކު ބިލު ފާސްކުރެއްވުމަށް ކޮމިޓީގެ 6 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. މިގޮތައް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. އަދި، އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމެވެ. އެއަށްފަހު މި ބިލު އިތުރަށް ދިރާސާކުރެއްވުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ސަބް ކޮމިޓީއަކަށް ބިލު ފޮނުވުމަށް ނިންނެވިއެވެ. މިގޮތަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. އަދި، އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 5 މެންބަރުންނަކީ؛ 1. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، 2. ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް، 3. ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، 4. ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު އަދި 5. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް. އެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA