ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

20 އޮކްޓޯބަރު 2020 12:10

ނަންބަރު

58

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 58 ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ތިރީގައިވާ އަމިއްލަ ފަރާތްތަކުން ފޮނުއްވާފައިވާ ސިޓީތަކާމެދު ކޮމިޓީގައި މަޝްވަރާކޮށްފައިވެއެވެ. • މިނިސްޓްރީ އޮފް ހެލްތްގެ ދަށުން މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުން، ޑޮލަރު ގަތުމުގައި ދަތިކަން ހުރިކަމާއި މިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ޖެހޭކަން ހާމަކޮށް، 07 ސެޕްޓެންބަރު 2020 ގައި ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކުރުމަށްފަހު ނިންމަވާފައިވަނީ، މިނިސްޓްރީ އޮފް ހެލްތްއާ ގުޅިގެން މައްސަލަ ކުރިއަށް ގެންދެވުމަށް އެފަރާތަށް ދެންނެވުމަށެވެ. މީގެއިތުރުން، ޢާންމު ފަރުދުންނާއި ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް 26 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހު އެ އޮތޯރިޓީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. • އދ. ފުށިދިއްގާ (ރަތްދިއްގާ) ގެ މުޢާމަލާތާ ގުޅޭގޮތުން އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން 13 އޮގަސްޓް 2020 އަދި 24 އޮގަސްޓް 2020 ގައި ފޮނުއްވާފައިވާ ސިޓީގައިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތް ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. • ބޭންކް އޮފް ސިލޯނުގެ އިސް މުވައްޒަފުން ހިންގާފައިވާ (ގާތްގަނޑަކަށް ޖުމްލަ) 4.1 މިލިއަން ރުފިޔާގެ ވައްކަމާއި މަކަރާއި ހީލަތުގެ ޢަމަލުގެ ޝަކުވާއާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރާއްޖެއިން ބޭރުގެ ބޭންކްތަކުން ޢަމަލުކުރަމުން އަންނަ މަކަރުވެރި ދޯދިޔާ އުޞޫލާ ގުޅިގެން މުއައްސަސީ ދަރަޖައެއްގައި ފަރުވާ ހޯދައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ ސިޓީގެ ޖަވާބުގައި މި މައްސަލަ ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤްކުރައްވަމުން ގެންދަވާ ކަމަށާއި ބޭންކްތަކުގެ އިންޓަރންލް ކޮންޓްރޯލްސް އަދި ގަވަރނަންސްގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޙިއްސާކޮށްފައިވާތީ،އެވާހަކަ އެފަރާތަށް ދެންނެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA