ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

6 އޮކްޓޯބަރު 2020 12:10

ނަންބަރު

52

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 52 ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލް އޮފީހުގެ 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ އޮފީހުގެ އިދާރީ އޮނިގަނޑު އަދި އެ އޮނިގަނޑުގައި މަޤާމްތައް ގިންތިކުރެވިފައިވާ ގޮތާއި 2021 ވަނަ އަހަރު އިތުރު ކުރެއްވުމަށް ނިންމަވާފައިވާ މަޤާމުތަކުގެ ޢަދަދާއި، އެ މަޤާމްތައް އިތުރުކުރެއްވެނީ ކޮން ގިންތިތަކަށްކަމާއި އަދި އެ މަޤާމްތަކުގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި ޚަރަދުވާނެކަމަށް ލަފާކުރާ ޖުމްލަ ޢަދަދު ހޯދުމަށް އެ އޮފީހަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. މީގެއިތުރުން، އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA