ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

19 އޮކްޓޯބަރު 2020 12:05

ނަންބަރު

57

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 57 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލް އޮފީހުގެ 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި 56,795,000 ރުފިޔާކަމަށް، އަދި ޕަބްލިކްސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 25,000,000 ރުފިޔާކަމުގައި ކަނޑައަޅުއްވައި، 2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރާ މުޅި ޖުމްލަ ބަޖެޓްގެ ޢަދަދަކީ 81,795,000 (އަށްޑިހަ އެއްމިލިއަން ހަތްލައްކަ ނުވަދިހަ ފަސްހާސް) ރުފިޔާ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހެޅުއްވި ހުށަހެޅުމަށް ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ތާޢީދުކޮށް، ކޮމިޓީގައި އެވަގުތު ޙާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA