ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

28 އޮކްޓޯބަރު 2020 11:10

ނަންބަރު

58

ޖުޑީޝިއަރީ ކޮމިޓީގެ 58 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައި އޮތީ ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ލިޔެކިޔުންތަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވަނީ ސިއްރު ޑޮކިއުމަންޓްސްތަކެއްކަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުށަހަޅުއްވާ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރް ތާއީދުކުރައްވާފައިވަނީ މި ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށެވެ. އަދި މިގޮތަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA