ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

20 އޮކްޓޯބަރު 2020 13:50

ނަންބަރު

55

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 55 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ހުޅުމާލޭ ވަގުތީ މަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޮވާފައިގޮތާ މެދު އެތަނުގައި މަސް ވިއްކަމުންދިޔަ ގިނަ ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާތީ، އެ މައްސަލަ ބައްލަވައިދެއްވުން އެދި މާފަންނު މެދު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިންގަން ބަޔަކާ ޙަވާލުކޮށްފައިވާ އުޞޫލު ރަނގަޅު ނަމަވެސް، ކުންފުނީގެ ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މިކަހަލަ ރައްޔިތުންނާ ގުޅުންހުރި ކަންތައްތައް ނިންމެވުމުގެ ކުރިން މާލޭ ސިޓީ ކައުންސިލްއާ މަޝްވަރާކުރެއްވުމަށް އެ ކުންފުންޏަށް ލަފާދެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ސްޓެލްކޯއާ ގުޅޭ މައްސަލަތައް އަވަސްކުރުމަށް ކޮމިޓީ މެންބަރުން ދެންނެވިއެވެ. އަދި ޕީ.އެސް.އެމް ގައި މިދިޔަ 5 އަހަރު ހިނގާފައި ހުރި ކަންތައްތަކާއި މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA