ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

21 އޮކްޓޯބަރު 2020 14:25

ނަންބަރު

56

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 56 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓެލްކޯ އިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގައި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ލަސްކަމަށާއި ބައެއް ރަށްރަށުގައި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްނުދާކަމަށް ޝަކުވާލިބެމުންދާތީ، ސްޓެލްކޯ އާ މަޝްވަރާކޮށް މި ޕްރޮޖެކްޓްތައް ކުރިއަށްދާނެގޮތެއް ބެއްލެވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ސްޓެލްކޯއިން ފޮނުވާފައިވާ މަޢުލޫމާތުތައް ފުރިހަމަ ނުވާތީ، ސްޓެލްކޯއިން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ކަރަންޓް އަގު ހެޔޮވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަމަށްވެފައި، މިހާތަނަށް ކަރަންޓުގެ އަގަށް އައިސްފައިވާ ބަދަލުތަކާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ރޭވިފައިވާ ކަންތައްތަކާއި ކަރަންޓުގެ އަގު ހެޔޮނުކުރެވިވާ ސަބަބުތަކާއި، ދިމާވާ ގޮންޖެހުންތައް ސާފުކުރެއްވުމަށް ވެސް ސްޓެލްކޯއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA