ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 58 ވަނަ ބައްދަލުވުން

27 އޮކްޓޯބަރު 2020 13:45 ނަންބަރު 58

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މުޤައްރިރު މައްސަލައެއް ހުށަހެޅުއްވިއެވެ. މިގޮތުން ސްޓެލްކޯގައި ދެމަފިރިންނަށް ވަޒީފާ އަދާނުކުރެއްވޭގޮތަށް އުޞޫލެއް ކަނޑައަޅައި އެ އުޞޫލުގެ ދަށުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާތީ، މުޤައްރިރު ހުށަހެޅުއްވި މައްސަލަ ދިރާސާކުރައްވަން ކޮމިޓީން ނިންމެވިއެވެ. އެހެން ނަމަވެސް ކޮމިޓީން ނިންމަވާފައިވަނީ ވަކިން ސްޓެލްކޯގެ މައްސަލަ ނުބަލައި ސަރުކާރު ހުރިހާ ކުންފުނިތަކެއްގައި މުވައްޒަފުންނާ އާއިލީގޮތުން ގުޅުންހުރި ފަރާތްތަކަށް ވަޒީފާ ދިނުމުގައި ކަނޑައަޅާފައިވާ އުޞޫލުގެ ތަފްޞީލާއި އެ އުޞޫލު ކަނޑައަޅާފައިވާ ސަބަބު ހޯދުމަށްފަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާކުރެއްވުމަށްފަހު އެކަމަށް ގޮތެއް ނިންމުމަށެވެ. އަދި މިވަގުތު އެފަދަ އުޞޫލެއްގެ ދަށުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނޯޓިސްއެއް ދީފައިވާނަމަ، އެކަންތައްތައް މަޑުޖައްސާލުމަށް ކުންފުނިތަކަށް ދެންނެވުމަށް ވެސް ނިންމެވިއެވެ. އެއަށްފަހު "ހިޔާ ފްލެޓް" ޕްރޮޖެކްޓްގެ ދަށުން ސްޓެލްކޯއިން އަޅަން ފަށާފައިވާ ފްލެޓްތައް ގަވާއިދާ ޚިލާފަށް ބައެއް މުވައްޒަފުންނަށް ދީފައިވާތީ އެކަން ބައްލައިދެއްވުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލަތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ސްޓެލްކޯގެ ބޯޑު މެންބަރުންނާ މެނޭޖްމަންޓް (ފްލެޓް ދިނުމުގެ ކަންތައްތަކާ ޙަވާލުވެހުރި ފަރާތް ހިމެނޭގޮތަށް) އާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 ނޮވެމްބަރު 2019

ސްޓެލްކޯއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުން

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA