ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

28 އޮކްޓޯބަރު 2020 13:45

ނަންބަރު

59

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 59 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓެލްކޯއިން ނިމިދިޔަ ސަރުކާރުގައި އެ ކުންފުނީގެ މުވައްޒަފުންގެ "ހެލްތް އިންޝިއުރެންސް" އުވާލާފައިކަމަށާއި، މީގެ އިތުރުން ސްޓެލްކޯގެ ޕޭ ސްޓްރަކްޗަރ ބަދަލުކޮށް 10 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ދޭ "ލޯންގސާރވިސް އެލެވަންސް" އާއި މަތީ ތައުލީމް ޙާސިލްކުރުމަށް ދޭ "ޕްރޮފެޝަނަލް އެލަވަންސް" ވެސް މިހާރު ހުއްޓާފައިވާކަން ފާހަގަކުރައްވާ، ނާޛީރު އަޙްމަދު 10 ނޮވެމްބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ސްޓެލްކޯގެ އިންޝުއަރެންސް އުޞޫލުތައް ދިރާސާކުރާއިރު ސަރުކާރު ޙިއްޞާވާ އެހެން ކުންފުނިތަކުގައި ޢަމަލުކުރާ ހެލްތު އިންޝުއަރެންސް އުޞޫލުތަކާއި އެ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ހޯދުމަށް ނިންމެވިއެވެ. އަދި އެއަށްފަހު މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި އާސަންދަ ކޮމްޕެނީ އަދި ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީއާ ބައްދަލުކުރައްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 ނޮވެމްބަރު 2019 - ސްޓެލްކޯއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA