ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

4 ނޮވެމްބަރު 2020 14:10

ނަންބަރު

60

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 60 ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓެލްކޯއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ޢިމާރާތްކޮށްފައިވާ ފްލެޓްތައް ދެއްވާފައިވާ އުސޫލާއި، ކުންފުނީގެ މުވައްޒަފުންނަށް އިންޝުއަރެންސް ދެމުން ގެންދާ އުސޫލާ ގުޅޭގޮތުން އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. އަދި ކަރަންޓްގެ އަގަށް އައިސްފައިވާ ބަދަލުތަކާ ކަރަންޓް އަގު ހެޔޮކުރުމަށް ރާވާފައިވާ ކަންތަކާ ގުޅޭގޮތުން ވެސް މަޢުލާމާތު ސާފުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. ނަން މަޤާމް 1. އަލްފާޟިލް މުޙައްމަދު ރަޝީދު ޗެއަރމަން 2. އަލްފާޟިލް ޙަސަން މުޣުނީ މެނޭޖިންގ ޑިރެކްޓަރ 3. ޑރ. ޢަލީ އަޒްވަރު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ/ ބޯޑު ޑައިރެކްޓަރ 4. އަލްފާޟިލް އަޙްމަދު ލަޠީފް ބޯޑު ޑައިރެކްޓަރ 5. މޭޖަރ (ރޓ) ޠަލްޙަތު ޙަސަން ބޯޑު ޑައިރެކްޓަރ 6. އަލްފާޟިލް މުޙައްމަދު ސަލީމް ޖެނެރަލް މެނޭޖަރ 7. އަލްފާޟިލް އަޙްމަދު ސައިފް ޖެނެރަލް މެނޭޖަރ 8. އަލްފާޟިލް ޢަބްދުލް މާލިކު ތަޢުފީޤް ޖެނެރަލް މެނޭޖަރ 9. އަލްފާޟިލާ ޢާއިޝަތު މުޒްނާ ޖެނެރަލް މެނޭޖަރ 10. އަލްފާޟިލް ޢަލީ މުޖުތަބާ މުޙައްމަދު ޖެނެރަލް މެނޭޖަރ 11. އަލްފާޟިލާ އީނާސް އަޙްމަދު ޖެނެރަލް މެނޭޖަރ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA