ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

26 އޮކްޓޯބަރު 2020 12:10

ނަންބަރު

60

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 60 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އޮތޯރިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ބޭންކުތަކަށް މިކަމުގައި އަދާކުރެއްވޭނެ ދައުރާ ގުޅޭގޮތުންނާއި ޢާންމު ފަރުދުންނާއި ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނެވި ބޭފުޅުން ނަން މަޤާމް 1. އަލްފާޟިލް ޢަލީ ހާޝިމް ގަވަރުނަރު 2. އަލްފާޟިލް އަޙްމަދު ޢިމާދު ޑެޕިއުޓީ ގަވަރުނަރު 3. އަލްފާޟިލާ އިދުހާމް ޙުސައިން އެސިސްޓަންޓް ގަވަރުނަރު

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA