ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

28 އޮކްޓޯބަރު 2020 12:05

ނަންބަރު

62

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 62 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް އައިސްފައިވާ ބިލުތަކުގެ ސުންގަޑި ތިރީގައިވާ ގޮތަށް ކަނޑައަޅުއްވައި ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައިވެއެވެ. • ޕޭމަންޓު ސިސްޓަމާއި ޕޭމަންޓު ޚިދުމަތްތަކުގެ ބިލު ސުންގަޑިއަކީ 28 ފެބްރުވަރީ 2021 ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ތާޢިދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. • ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު ސުންގަޑިއަކީ 23 ނޮވެންބަރު 2020 ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢިދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. • ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލުގެ ސުންގަޑިއަކީ 16 ނޮވެންބަރު 2020 ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢިދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. އަދި،ދާރުއްޒިކުރާގެ މަޝްރޫޢާ ގުޅޭގޮތުން 04 އޮގަސްޓް 2020 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ، މުސްޢަބު ޢަބްދުﷲ/ ގ. އަރިސް ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމަށް މެންބަރުންއަށް އިތުރު ވަގުތުކޮޅެއް ދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA