ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

4 ނޮވެމްބަރު 2020 13:00

ނަންބަރު

64

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 64 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާމެދު މަޝްވަރާކުރައްވައި، ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންތައްތައް އިތުރަށް ސާފުކުރެއްވުމަށް އޮޑިޓަރ ޖެނެރަލް އޮފީސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެއްދުވަހެއްގައި ޙާޒިރުކުރެއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާޢިދުކުރެއްވިއެވެ. އަދި، ހުރިހާ މެންބަރުންގެ ޢިއްތިފާޤުން ހުށަހެޅުންވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA