ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 61 ވަނަ ބައްދަލުވުން

10 ނޮވެމްބަރު 2020 14:20 ނަންބަރު 61

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައި ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި، ގަވާއިދާއި އަދި އެފަދަ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އިޖްރާޢާތުތަކާއި އެއްގޮތަށް ކަމަށް ކޮމިޓީއަށް ފާހަގަކުރެވޭތީ އެ މައްސަލަ ފައިލްކުރުމަށް ނިންމިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ0 މެންބަރުންގެ މުއްދަތު 28 ނޮވެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ ޓްރައިބިއުނަލްގެ މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު 15 ނޮވެންބަރު 2020 ގެ ނިޔަލަށް ކޮމިޓީން ނިންމިއެވެ. އަދި އެއަށްފަހު އިންޓަރވިއުކުރުމުގެ ކަންކަން ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 އޮކްޓޯބަރު 2020

ޖުޑީޝަލް ސަރވިސް ކޮމިޝަން ރިޕޯޓް ނަންބަރު D-TC102/TF6/2020/6

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA