ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

5 އޮކްޓޯބަރު 2020 12:15

ނަންބަރު

62

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 62 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލައާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުއްވާފައިވާ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ޙާލަތާ ދިވެހިރާއްޖޭގެ މި ވަގުތުގެ އިޤްތިޞާދީ ޙާލަތާ ދިމާނުވެދާނެކަމަށް ފާހަގަކުރައްވައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހަޅާފައިވާ ރިޕޯޓަށް ކޮމިޓީން ގޮތެއް ނިންމެން އޮތްކަމަށް ނުފެންނަކަމަށާއި، ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް މިނިމަމް ވޭޖެއް ކަނޑައެޅުއްވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކުރިއަށް ގެންދެވުމަށާއި، އެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ލަފައެއް މިކަމުގައި އިތުރަށް ބޭނުންފުޅުވާނެކަމަށް ނުފެންނަކަމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ދެން ކުރިއަށް ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA