ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

16 ނޮވެމްބަރު 2020 10:10

ނަންބަރު

20

ގަވާއިދު ކޮމިޓީގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކުރައްވާފައިވާ "ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" އުވާލާފައިވާތީ، އެ މައްސަލައިގައި ޢާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު އާ ގަވާއިދެއް އެކުލަވާލެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި އާ ގަވާއިދެއް އެކުލަވާލެއްވޭނެ ތާރީޚަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އިތުރަށް މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، މެންބަރުން ބޭނުންވާ މައުލޫމާތުތައް އެންމެ ފުރިހަމައަށް ލިބިފައިނުވާތީ، ދެން ބާއްވަވާ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA