ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

6 އޮކްޓޯބަރު 2020 10:00

ނަންބަރު

17

2020 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކުރައްވާފައިވާ "ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" އަށް ޢަމަލުކުރުމުގައި ދަތިތަކެއް ހުރިކަމަށް ކަމާގުޅޭ އިދާރާތަކުން ދަންނަވާފައިވާތީއާއި، އެ ގަވާއިދު އެކުލަވާލާފައިވަނީ ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާނުކޮށްކަމަށް ފާހަގަކުރެވޭތީ އެކަން ބައްލަވައިދެއްވުން އެދި އިޤްތިސާދީ ކޮމިޓީން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން 16 ސެޕްޓެންބަރު 2020 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދެންނެވުނު ގަވާއިދު އުވާލާފައިވާތީ، އެ ގަވާއިދު އުވާލަން ނިންމި ސަބަބު ހޯދަން އެ އޮތޯރިޓީއަށް ސިޓީ ފޮނުއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA