ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

27 އޮކްޓޯބަރު 2020 10:00

ނަންބަރު

18

2020 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކުރައްވާފައިވާ "ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" އަށް ޢަމަލުކުރުމުގައި ދަތިތަކެއް ހުރިކަމަށް ކަމާގުޅޭ އިދާރާތަކުން ދަންނަވާފައިވާތީއާއި، އެ ގަވާއިދު އެކުލަވާލާފައިވަނީ ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާނުކޮށްކަމަށް ފާހަގަކުރެވޭތީ އެކަން ބައްލަވައިދެއްވުން އެދި އިޤްތިސާދީ ކޮމިޓީން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދެންނެވުނު ގަވާއިދު އުވާލާފައިވާތީ، އެ ގަވާއިދު އުވާލަން ނިންމި ސަބަބު ބަޔާންކޮށް އެ އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، އެ މައްސަލައިގައި ޢާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު އާ ގަވާއިދެއް އެކުލަވާލެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކާ އާ ގަވާއިދެއް އެކުލަވާލެއްވޭނެ ތާރީޚަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA