ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

17 ނޮވެމްބަރު 2020 12:00

ނަންބަރު

21

2020 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު ހަމަވާތީ، އެކަމާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ހިމެނިފައިވާ ގަވާއިދުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިނުވާ ބިލުތަކަކީ ކޮބައިކަމާއި، އެ ބިލުތަކުގެ ސްޓޭޓަސް އަދި އެ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވޭނެ ތާރީޚެއް އެޓަރނީ ޖެނެރަލްގެ އޮފީހުން ސާފުކުރެއްވުމަށްފަހު، އެ ގަވާއިދުތަކަށް ޢަމަލުކުރާނެ މުއްދަތު ކަނޑައެޅުއްވުމަށް ނިންމެވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 4/2017 (ޢިމާރާތްކުރުމުގެ ޤާނޫނު) ދަށުން ހަދާފައިވާ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދު ދިރާސާކުރުމާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި ގަވާއިދާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް މިހާރު އިސްލާޙުގެނެވިފައިވާތީ، މި ވަގުތަކަށް މި މައްސަލަ ނިންމާލަން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދަށް އިސްލާޙުގެނައުމަށް 27 ނޮވެންބަރު 2018 ގައި ގަވާއިދު ކޮމިޓީން ފާސްކުރައްވައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްއަށް ފޮނުއްވާފައިވީނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް އެ ގަވާއިދު ގެޒެޓްކޮށްފައިނުވާ ސަބަބު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA