ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

25 ނޮވެމްބަރު 2020 12:10

ނަންބަރު

65

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 65 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ސަބް-ކޮމިޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާމެދު މަޝްވަރާކޮށް، ޙާޒިރުވަޑައިގެން ތިއްބެވި މެންބަރުންގެ ޢިއްތިފާޤުން ވަނީ ރިޕޯޓް ފާސްކުރައްވާފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުށަހަޅުއްވާފައިވާ އިންޝުއަރެންސްއާބެހޭ ބިލުގެ ސުންގަޑިއަކީ 31 މާރިޗު 2021 ވާ ބުދަ ދުވަސް ކަމުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާޢީދުކުރައްވި ހުށަހެޅުންވަނީ ޙާޒިރުވެ ތިއްބެވި މެންބަރުންގެ ޢިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ. އަދި، މި ބިލު ދިރާސާކުރުމުގެ މަސައްކަތްކުރުމަށް 5 މެންބަރުންގެ ސަބް-ކޮމިޓީއެއް އެކުލަވާލުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވަނީ ތާޢީދުކުރައްވާފައެވެ. ނަމަވެސް، ސަބް-ކޮމިޓީގެ މަސައްކަތް ފެށުމުގެ ކުރިން މައި ކޮމިޓީއިން މި ބިލު ދިރާސާކުރުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފް ހުށަހެޅުއްވިއެވެ. އަދި މި ހުށަހެޅުންވަނީ ޙާޒިރުވެ ތިއްބެވި މެންބަރުންގެ ޢިއްތިފާޤުން ފާސްވެފައެވެ.އެގޮތުން، ސަބް ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިރީގައި ބަޔާންކޮށްފައިވާ މެންބަރުންގެ ނަންތައް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހެޅުއްވުމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވަނީ ތާޢީދުކުރައްވާފައެވެ. އަދި މި ހުށަހެޅުންވަނީ ޙާޒިރުވެ ތިއްބެވި މެންބަރުންގެ ޢިއްތިފާޤުން ފާސްވެފައެވެ. އިންޝުއަރެންސްއާބެހޭ ބިލުގެ ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީގެ މެންބަރުން 1. ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް 2. ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް 3. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު 4. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް 5. ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA