ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

16 ޖޫން 2020 12:00

ނަންބަރު

20

2020 ވަނަ އަހަރުގެ އިޖްތިމާޢީ ކޮމިޓީގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. މިގޮތުން ފުރަތަމަ ކެއަރ ސޮސައިޓީގެ ބޭފުޅުންގެ އެދިލެއްވުމުގެ މަތިން އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. އެއަށްފަހު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އާސަންދަ އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. ދެން ކުރިއަށްގެންދެވީ އިބްރާޙިމް ޢަބްދުލްޣައްފާރު އީމެއިލް މެދުވެރިކޮށް ފޮނުއްވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވާރާކުރެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA