ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

29 ޖޫން 2020 12:00

ނަންބަރު

24

2020 ވަނަ އަހަރުގެ އިޖްތިމާޢީ ކޮމިޓީގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއިން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. މިގޮތުން މި މައްސަލައާ ގުޅޭގޮތުން އިތުރަށް ތެލެސީމިއާ ކުދިންގެ ބެލެނިވެރިންނަށް ބައްދަލުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. އެއަށްފަހު، 20 ޖަނަވަރީ 2020ގައި އާދަމް ޝަރީފް/ މަގުމަތީގެ، ތ.ދިޔަމިގިލި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި، ސިވިލް ސަރވިސް ކޮމިޝަނާއި އަދި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައިވާތީ، އެ ފަރާތުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. ދެން ކުރިއަށް ގެންދެވީ އަރީޝާ އާޙްމަދު/ ހދ.ހަނިމާދޫ،ލަކީކޯނަރ ފޮނުއްވާފައިވާ ސިޓީއެވެ. މި ސިޓީއާ ގުޅޭގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ކޮމިޓީއިން ފޮނުއްވާފައިވާ ސިޓީގެ ޖަވާބު ލިބިފައިވާތީ، އެ އެޖެންސީގެ ޖަވާބާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. މީގެއިތުރުން ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ މަސައްކަތްތެރިންގެ އިތުރުގަޑީގެ ފައިސާ ގޮތުގައި ލިބެންޖެހޭ ޢިނާޔަތްތައް އުނިކުރައްވާފައިވާކަމަށްބުނެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުއަށް ކޮމިޓީއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އެއަށްފަހު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ފަރުވާ ހަމަޖައްސަވައިދެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ސާފުކުރެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ފޮނުއްވާފައިވާ ޖަވާބާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA