ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

2 ނޮވެމްބަރު 2020 12:30

ނަންބަރު

63

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 63 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ އަންނަނިވި ލޯނުތަކުގެ މަޢުލޫމާތު މެންބަރުންނާ ޙިއްޞާކުރެއްވިއެވެ. • ގްރޭޓަރ މާލޭ ކަނެކްޓިވިޓީ-މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓްގެ މަޝްރޫޢުއަށް އިންޑިޔާއިން ދިވެހިރާއްޖެއަށް ދެއްވާ 400 ލިމިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގައި 12 އޮކްޓޫބަރު 2020 ގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު • ގްރޭޓަރ މާލެ ވޭސްޓް-ޓު-އެނަރޖީ ޕްރޮޖެކްޓް ހިންގުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އިން ދިނުމަށް ހަމަޖެހިފައިވާ 38.21 މިލިއަން އެމެރިކާ ޑޮލަރު ލޯނުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ދިވެހި ސަރުކާރާއި ދެމެދު ލޯނު އެއްބަސްވުމުގައި 28 ސެޕްޓެންބަރު 2020 ގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު • ގްރޭޓަރ މާލެ ވޭސްޓް-ޓު-އެނަރޖީ ޕްރޮޖެކްޓް ހިންގުމަށް އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އިން ދިނުމަށް ހަމަޖެހިފައިވާ 40 މިލިއަން އެމެރިކާ ޑޮލަރު ލޯނުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ދިވެހި ސަރުކާރާއި ދެމެދު ލޯނު އެއްބަސްވުމުގައި 29 ސެޕްޓެންބަރު 2020 ގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު އެއަށްފަހު، ދާރުއްޒިކުރާގެ މަޝްރޫޢާ ގުޅޭގޮތުން 04 އޮގަސްޓް 2020 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ، މުސްޢަބު ޢަބްދުﷲ/ ގ. އަރިސް ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބައްލަވަމުން ގެންދަވާނަމަ، އެ މައްސަލައިގެ މަޢުލޫމާތު (މައްސަލަ ކޮމިޝަނަށް ހުށަހެޅުނު ތާރީޚް އަދި މައްސަލައިގެ މިހާރުގެ ސްޓޭޓަސް)، އެ މައްސަލަ ބައްލަވައި ނިންމަވާފައިވާނަމަ، އެ މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓް، އަދި ބައްލަވަމުން ގެންދަވާ މައްސަލައެއް ކަމަށްވާނަމަ، އެ މައްސަލައެއްގެ އިނީޝިއަލް ހޯދުންތައް ޙިއްޞާކުރެއްވުމަށް އެދި ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ އެއްވެސް އޮޑިޓް ރިޕޯޓެއްގައި ޒިކްރާ މިސްކިތުގެ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކޮށްފައިވޭތޯ ބެއްލެވުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA