ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

30 ނޮވެމްބަރު 2020 10:15

ނަންބަރު

61

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 61 ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކާ ގުޅޭގޮތުން އެ ކުންފުނިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށާއި ވީހާވެސް އަވަހަކަށް މި މައްސަލަ ބެލުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޯޑު މެންބަރުންނާއި އެ ކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން މި މުޢާމަލާތްތައް ހިންގާފައިވަނީ އެސް.ޓީ.އޯގެ ސަބްސިޑަރީއެއްކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފަކާ ގުޅިގެންކަމަށް އެމް.ޕީ.އެލް ގެ ސިޓީގައި ދަންނަވާފައިވާތީ، މިކަމާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އިންޓަރނަލް ކޮންޓްރޯލްސް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ފިއުލް ސަޕްލައި މޯލްޑިވްސް އަދި އެސް.ޓީ.އޯ ގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވެސް ނިންމެވިއެވެ. އެއަށްފަހު ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންކަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭތީ ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ސަސްޕެންޑްކޮށްފައި ހުންނަތާ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރއެއް ހަމަޖެއްސެވުމަށް އެސް.ޓީ.އޯ އަށް ދެންނެވުމަށް ނިންމެވިއެވެ. އަދި މި މައްސަލައާ ގުޅޭ ރިޕޯޓް ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމެއްގައި ފާސްކުރެއްވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA