ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

2 ޑިސެމްބަރު 2020 11:15

ނަންބަރު

63

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 63 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ފިއުލް ސަޕްލައި މޯލްޑިވްސް އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން އެމް.ޕީ.އެލްއަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފެއް ބައިވެރިވެފައިވާކަމަށް 25 ނޮވެންބަރު 2020 ގައި އެމް.ޕީ.އެލް އިން އެ ކުންފުންޏަށް އެންގުމާ ގުޅިގެން ދެންނެވުނު މުވައްޒަފު ސަސްޕެންޑްކޮށް، އެ މައްސަލަ ތަޙުޤީޤުކުރެއްވުމުގެ މަސައްކަތް އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން ފަށާފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި ތެލުގެ ވިޔަފާރިއަކީ ޢާންމުކޮށް މިފަދަ ވައްކަމުގެ މައްސަލަތައް ފެންމަތިވާ ވިޔަފާރިއެއްކަމުން، މިފަދަ ކަންތައްތައް ހުއްޓުވުމަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ކުންފުނީގައި ޤާއިމްކޮށްފައިވާ އިންޓަރނަލް ކޮންޓްރޯލްތަކާ ގުޅޭގޮތުން މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ. މި ބައްދަލުވުމުގައި ފިއުލް ސަޕްލައި މޯލްޑިވްސް އަދި އެސް.ޓީ.އޯގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. ފިއުލް ސަޕްލައިސް މޯލްޑިވްސް ނަން މަޤާމް 1. އަލްފާޟިލް މުޙައްމަދު ޤަސަމް މެނޭޖިންގ ޑިރެކްޓަރ 2. އަލްފާޟިލް އާދަމް ޔޫސުފް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ 3. އަލްފާޟިލް ޞަބާހް އަޙްމަދު އިންޓާރނަލް އޮޑިޓަރ 4. އަލްފާޟިލް އިބްރާހިމް ޝާޒް އިންވެސްޓިގޭޝަން އަދި ރިސްކް އޮފިސަރ 5. އަލްފާޟިލް އަޙްމަދު ރިއްފަތު ޖެނެރަލް މެނޭޖަރ ،ފައިނޭންސް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ނަން މަޤާމް 6. މުޙައްމަދު ޝުއައިބް އަޙްމަދު މެނޭޖަރ، އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA