ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

7 ޑިސެމްބަރު 2020 12:40

ނަންބަރު

64

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 64 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލައިގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ބަލައި އިޙުމާލުވެފައިވާ ފަރާތްތަކާއި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ބަޔާންކޮށް 3 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ތަޙުޤީޤީ ރިޕޯޓެއް ހުށަހެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެންނެވުމަށް ނިންމެވިއެވެ. އަދި އެމް.ޕީ.އެލް އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ އެންމެހައި ޓްރާންސެކްޝަންތައް ބަލައި، އިރެގިއުލަރިޓީސް ފާހަގަކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފައިނޭންޝަލް އަދި މެނޭޖީރިއަލް އޮޑިޓެއް ހަދައި 3 މަސް ދުވަހުގެ ތެރޭގައި ރިޕޯޓް ފޮނުވުމަށް އޮޑިޓަރ ޖެނެރަލްއަށް ދެންނެވުމަށް ނިންމެވިއެވެ. މިގޮތުން މި އޮޑިޓްގައި މި ދެ ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްތަކާއި އިންޓަރނަލް އޮޑިޓް ޕްރޮސެސްތައް އެސްޓެބްލިޝްވެފައި ހުރި މިންވަރާއި މިފަދަ މައްސަލަތައް ތަކުރާރުވިޔަނުދިނުމަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށްދިނުމަށް ވެސް އެދިފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ އިންޓަރނަލް ކޮންޓްރޯލްތައް ހަރުދަނާކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ޕްލޭނެއް އެ ދެ ކުންފުނިން ހޯދުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA