ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

7 ޑިސެމްބަރު 2020 14:30

ނަންބަރު

65

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 65 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓެލްކޯއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ މައްސަލަތަކާ ގުޅޭގޮތުން ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދެންނެވުމަށް ނިންމެވިއެވެ. 1. ސްޓެލްކޯއިން ޚިދުމަތް ދެމުންގެންދާ ރަށްތަކުގައި ކުރިއަށްގެންދާ އަޕްގްރޭޑް މަސައްކަތްތަކާގުޅޭ ތަފްޞީލީ ރިޕޯޓެއް އެ ކުންފުނިން ހޯއްދަވައިދެއްވުމަށް؛ 2. ސްޓެލްކޯގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިޔަށް ގެންގޮސްފައިވާ "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ޢިމާރާތްކޮށްފައިވާ 2 އިމާރާތުގެ އެޕާޓްމަންޓްތައް ވިއްކައިފައިވަނީ ސްޓެލްކޯއިން ކަނޑައަޅާފައިވާ ގަވައިދުގެ ތެރެއިން ނަމަވެސް، ގަވައިދުތައް ކަނޑައެޅި، މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ، ސްޓެލްކޯގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ، އަދި މުވައްޒަފުންގެ ތެރެއިން ބޯހިޔާވެހިކަމުގެ ދަތިކަން ތަހައްމަލުކުރަންޖެހިފައިވާ މުވައްޒައްފުންނަށް ކުރިމަތިލުމުގެ ފުރުޞަތު ހަނިވާގޮތަށްކަމަށް ކޮމިޓީއަށް ފާހަގަކުރެވޭކަމާއި، އަދި މި އުޞޫލަކީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ޚިލާފަށް ހަދާފައިވާ އުޞޫލެއްކަމަށް ފާހަގަކުރެވޭތީ، މި އުޞޫލާއެއްގޮތަށް ސެޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް ދިނުމަށް ކޮމިޓީއަށް ނުފެންނަކަމަށްވާތީ، މިހާރު އެކުލަވާލެވިފައިވާ އުޞޫލު ސްޓެލްކޯއާ ގުޅިގެން މުރާޖަޢާކުރެއްވުމަށްފަހު، ފްލެޓް ޙައްޤުވާ މުވައްޒަފުންނަށް ފްލެޓް ލިބިގެންދާނެ އުޞޫލެއް ތައްޔާރުކުރެއްވުމަށްފަހު އެ ކޮމިޓީއާ ޙިއްޞާކުރެއްވުމަށް؛ 3. ސްޓެލްކޯގެ އިތުރުން ވެސް ސްޓާފް ހައުސިންގ ޕްރޮޖެކްޓް ދަށުން މުވައްޒަފުންނަށް ފްލެޓް ދެމުންގެންދާ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ފްލެޓް ދޫކުރަމުންދާ އުޞޫލު ބައްލަވައި، އެއީ ރަނގަޅު އުޞޫލުތަކެއްކަން ކަށަވަރުކުރައްވައި، މިކަމާގުޅޭ ތަފްޞީލު ކޮމިޓީއަށް ޙިއްޞާކުރެއްވުމަށް؛ 4. 3 ޑިސެމްބަރ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 14/2012 ނަންބަރު ސިޓީއިން އާސަންދައިގެ ދަށުން ރާއްޖޭގައި ހެލްތް އިންޝުއެރެންސް ސްކީމެއް ޤާއިމުކުރެވިފައިވާތީ، އެހެން ފަރާތަކާ އެކު ހެލްތް އިންޝުއެރެންސާ ބެހޭ އެއްބަސްވުމެއްގައި ސޮއި ނުކުރެއްވުމަށް އެ މިނިސްޓްރީން ދަންނަވާފައިވީ ނަމަވެސް ސްޓެލްކޯއިން އިން-ހައުސްކޮށް ހެލްތް އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދިނުމަށް އުޞޫލެއް އެކުލަވާލައްވައި 19 ޖޫން 2018 ގައި ޚިދުމަތް ދެއްވަން ފަށްޓާފައިވާތީ، މިއީ ރަނގަޅު އުޞޫލެއް ނޫންކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، މި އިންޝުއަރެންސް ސްކީމަކީ ސްޓެލްކޯއިން ހިންގޭނެ އުޞޫލެއްކަން ނުވަތަ ނޫންކަން ބައްލަވައިދެއްވާ، މިކަމާގުޅޭ ތަފްޞީލު ކޮމިޓީއަށް ޙިއްޞާކުރެއްވުމަށް؛ 5. ކަރަންޓު އަގު ހެޔޮކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ ޕްލޭންއެއް ހޯއްދަވައިދެއްވުމަށް؛ 6. މިހާރު ސްޓެލްކޯގައި ދުވަސްވެފައި ތިބި ތަޖުރިބާކާރު މުވައްޒަފުންނަށް ރިޓަޔަރމަންޓް ޕެކޭޖެއް ދީފައި ވަޒީފާއިން ވަކިކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މިކަމަކީ މި ކޮވިޑް-19 ގެ ޙާލަތުގައި ރައްޔިތުންނަށް ނުހަނު ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ދުވަސްކޮޅެއްގައި ކުރަން ރަނގަޅުކަމެއް ނޫންކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، މިކަންތައް މިވަގުތަށް ހުއްޓާލުމަށް އެ ކުންފުންޏަށް ދެންނެވުމަށް ފެނިވަޑައިގަންނަވާކަމާއި، އަދި މިކަން ކުރަމުންދާ އުޞޫލާއި މަޤުޞަދު ސާފުކުރައްވައި، މިކަމާގުޅޭ ތަފްޞީލް ކޮމިޓީއަށް ޙިއްޞާކުރެއްވުމަށް؛ އަދި 7. އިސްވެ ދެންނެވުނު ހުރިހާ ޝަކުވާތަކާއި މައްސަލައާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ ކުންފުންޏާ ގުޅޭގޮތުން ބައްލަވަމުންދާ މައްސަލަތަކަށް ރިޢާޔަތްކުރައްވައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއަށް އެބޭފުޅާގެ މަސްއޫލިއްޔަތު އަދާކުރެއްވޭކަމަށް ކޮމިޓީއަށް ފެނިވަޑައިނުގަންނަވާތީ، ތިޔަ ބޯޑުން މި މައްސަލަތައް ބައްލަވައި ކުންފުނީގެ ހިންގުން ރަނގަޅުކުރުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދަލުކުރައްވަން ޖެހޭކަމަށްވާނަމަ ބަދަލުކުރެއްވުމަށް.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 ނޮވެމްބަރު 2019 - ސްޓެލްކޯއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA