ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

7 އޮކްޓޯބަރު 2020 11:30

ނަންބަރު

35

2020 ވަނަ އަހަރުގެ އިޖްތިމާޢީ ކޮމިޓީގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވަނީ ކޮމިޓީގައި ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރުމެވެ. އެގޮތުން ފުރަތަމަ ކުރިއަށް ގެންދެވީ ޖަމްޢިއްޔާތަކުގެ ބިލު ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރުމެވެ. އެގޮތުން ފުރަތަމަ ކުރިއަށް ގެންދެވީ ޖަމްޢިއްޔާތަކުގެ ބިލު ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވެވިއެވެ. އެއަށްފަހު، 01 އޮގަސްޓު 2020 ގައި އާމިނަތު ހުޝާމާ/ ސ. ހިތަދޫ، ވަރުދީގެ، ނިޔާވި މައްސަލައާއި، އަދި އޭނާގެ ދަރިފުޅު މުޙައްމަދު ސާރިމް ސަޢީދާމެދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީންނާއި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުން އިޙުމާލުވެފައިވާކަމަށް ބަޔާންކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
16 އޯގަސްޓު 2020 - ޖަމްޝީދާ މުފީދު/ ވަރުދީގެ، ސ.ހިތަދޫ ފޮނުއްވާފައިވާ ސިޓީ
26 ނޮވެމްބަރު 2019 - ޖަމްޢިއްޔާތަކުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA