ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

12 ފެބްރުއަރީ 2020

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

މިއަހަރު ގްރޭޑް 10 ގައި އުޅޭ ކުދިންނަށް ތައްޔާރުވާން ވަގުތު ނުލިބި، ޤުރުއާން މާއްދާއިން އެސްއެސްސީ އިމްތިހާން ދިނުމާމެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ފޮނުއްވާފައިވާ ޕެޓިޝަން

ޚުލާސާ

ޕެޓިޝަންގައި ހުށަހެޅުއްވި ފަރާތުން އެދިވަޑައިގެންފައިވާ ކަންތައް ޙާޞިލުވެފައިވާތީ، ކޮމިޓީގެ ފަރާތްތުންވެސް މި މައްސަލަ ނިންމަން ފެންނަ ގޮތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން 13 ފެބުރުވަރީ 2020 ގައި ނެރުއްވާފައިވާ ސާރކިއުލަރ (ކީ-ސްޓޭޖް 4 ގައި ކިޔަވާ ދަރިވަރުން ކީރިތި ޤުރުއާން މާއްދާއިން އިމްތިޙާނު ކުރުމާ ގުޅޭ) ގައި ބަޔާންކޮށްފައިވާ ފަދައިން ދަރިވަރުން ތައްޔާރުކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިޙާނު ކުރުމުގެ އުޞޫލަށް ޢަމަލުކުރުން ފަސްކޮށްލުން ކަމުގައި ކަނޑައަޅާ މިކަމަށް މަޖިލީހުން ތާއީދުކޮށްދެއްވުމަށް، މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމިޓީން ފާސްކުރިއެވެ.

މިހާރު އޮތް ހިސާބް

24 ފެބްރުއަރީ 2020 - ކޮމެޓީ މަސައްކަތް ނިމިފައި

ގުޅުންހުރި ބައްދަލުވުންތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA