ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ މެންބަރު ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރެއްވުން
18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިނާޔަތާއި ރައްކާތެރިކަމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް ބަހުސްކުރެއްވުން
18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް ބަހުސްކުރެއްވުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެންބަރުންގެ ނަންފުޅު އިޢުލާންކުރެއްވުން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލިސް އަލަށް އެކުލަވާލެވުމަށްފަހު ހިނގާ ފުރަތަމަ 2 ހަފްތާގެ ތެރޭގައި ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލައަށް ބަހުސްކުރެއްވުން
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ރިޕޯޓު 2019 އާގުޅޭ މައްސަލައަށް ބަހުސްކުރެއްވުން
ސަރުކާރުގެ ފަރާތުން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ، ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން
ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގެ (ނ) އާއި 88 ވަނަ މާއްދާއާއި 92 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި 93 ވަނަ މާއްދާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުން
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA