ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/19/2019

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ބުދަ 10 ޖުލައި 2019 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2019ވަނަ އަހަރުގެ ދެވަނަ ދައުރު

ޖަލްސާގެ ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވާފައިވާ، ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލުގެ ބަހުސް ކުރިއަށްގެންދިއުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު (2010) ގެ 98 ވަނަ މާއްދާގެ (ޅ) ގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށްގެންދިއުން (މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/03)

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބާރު، ހަމަ އެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ސުޕްރީމް ކޯޓުން އެ ޤާނޫނުއަސާސީއާ ޚިލާފަށް ނިގުޅައިގެންފައިވާތީ ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދިއުން

ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދިއުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށްގެންދިއުން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ
ޖަލްސާ ބެއްލެވުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA