2019 ވަނަ އަހަރުގެ ދެވަނަ ދައުރު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 27 ވަނަ ޖަލްސާ

އަންގާރަ 30 ޖުލައި 2019

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/27/2019

ޖަލްސާގެ ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި މަޖިލީހުން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނު.

"ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓު" އާގުޅޭ މައްސަލައަށް ބަހުސްކޮށް، ރިޕޯޓު އިތުރަށް ދިރާސާކުރުމަށް ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނު.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން (ޤަރާރު ނަންބަރު: 2019/19/ޤ-9)

ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރުގެ އިބްތިދާޢީ ބަހުސް މިއަދުގެ ޖަލްސާގައި ފެއްޓެވި.

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA