ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 28 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/28/2019

ދައުރު

2019ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

ބުދަ 31 ޖުލައި 2019 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ ސުވާލުކުރެއްވުން.

ސަރުކާރު ފަރާތުން، މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 15/2011 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، މާފަންނު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން (ޤަރާރު ނަންބަރު: 2019/19/ޤ-10)

ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާއި، ބަހުސްކުރުމަށްފަހު ބިލު މަޖިލީހުން ފާސްކުރެއްވި.

ހޯރަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ, ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު, އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާއި، ބަހުސްކުރުމަށްފަހު ޤަރާރު މަޖިލީހުން ފާސްކުރެއްވި.

ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރު މަޖިލީހުން ބަލައިގަނެ، އިޤްތިޞާދީ ކޮމިޓީއަށް ފޮނުވުނު.

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA