ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 29 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/29/2019

ދައުރު

2019ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

ހޯމަ 5 އޯގަސްޓު 2019 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީންއާ ސުވާލުކުރެއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު (ޤަރާރު ނަންބަރު: 2019/19/ޤ-9) ގެ އިބްތިދާއީބަހުސް ފެއްޓެވުން

ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ، ބޭރުގެ ބޯޓުފަހަރު ރާއްޖެއައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ބަހުސްކުރެއްވުން

ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާފައިވާ، ރަށު ކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ޤާއިމުކުރުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ބަހުސްކުރެއްވުން

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިން މަސްވެރިކަންކުރާ ސަރަޙައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ޤާއިމުކުރުމާގުޅޭ ޤަރާރު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ބަހުސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޤަރާރު
ބޭރުގެ ބޯޓުފަހަރު ރާއްޖެއައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު

މަޖިލީހުން ފާސްކޮށްފައި

ޤަރާރު
ރަށުކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ޤާއިމްކުރުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު

މަޖިލީހުން ފާސްކޮށްފައި

ޤަރާރު
ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމާގުޅޭގޮތުން ހުށަހަޅާ ޤަރާރު

މަޖިލީހުން ފާސްކޮށްފައި

ކުއްލި މައްސަލަ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީންއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 11)

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީންއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 12)

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA