ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 47 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/47/2019

ދައުރު

2019ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

ބުރާސްފަތި 5 ސެޕްޓެމްބަރު 2019 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުޞަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 20/2016, ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލަށް ބަހުސްކުރެއްވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުގެ ރިޕޯޓާގުޅޭ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހު މއ.ޑާޗާ، އަލްފާޟިލް ޢަލީ ހާޝިމް ނަންފުޅު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ފާސްކުރެއްވުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހު ބިލު މަޖިލީހުން ފާސްކުރެއްވުން

ސިވިލް ސަރވިސް ކޮމިޝަންގެ 2015، 2016، އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2013، 2014، 2015، 2016، 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، ދައުލަތުން އެކިފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތަށް ބުރަނުވާނޭ އުސޫލެއް ޤާއިމުކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރަށް ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ބިލު
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު

މަޖިލީހުން ފާސްކޮށްފައި

ބިލު
ޤާނޫނު ނަންބަރު 20/2016، ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލު

ކޮމިޓީ މަރުޙަލާ

ރުހުން ހޯދުން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމެވުމުގެ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޖަލްސާގެ ވަގުތު އިތުރުކުރެއްވުން

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުގެ ރިޕޯޓާގުޅޭ މައްސަލަ

ކޮމެޓީ މަރުހަލައިގައި

އެހެނިހެން
ސިވިލް ސަރވިސް ކޮމިޝަންގެ 2014، 2015، 2016 އަދި 2017 އޮޑިޓް ރިޕޯޓް

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2013، 2014، 2015، 2016، 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 15)

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA