2019 ވަނަ އަހަރުގެ ތިންވަނަ ދައުރު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 51 ވަނަ ޖަލްސާ
ބުދަ 9 އޮކްޓޯބަރު 2019
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/51/2019
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުގައި ބަހުސްކުރުމަށް ފާހެއްނުވި.
ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގޯތި ދޫކުރުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ އިބްތިދާޢީ ބަހުސް ފެއްޓެވުން.
އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވި.
ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ މުއްދަތު އިތުރުކުރަމުންދާ ގޮތްތައް ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައި، ބަހުސްކުރެއްވި. އަދި ރިޕޯޓަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވައި ފޭދީ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާޢީދުކުރެއްވި ހުށަހެޅުން މަޖިލީހުން ފާސްކުރެއްވި.
ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަނދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވި.
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA