ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/56/2019

ދައުރު

2019ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

އަންގާރަ 22 އޮކްޓޯބަރު 2019 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ކަރަންޓު އަގު ހެޔޮކުރުމާބެހޭ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ހުށަހަޅުއްވާފައިވާ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރުގެ އިބްތިދާއީ ބަހުސް ފައްޓަވައި ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދިއުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA