ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 58 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/58/2019

ދައުރު

2019ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ހޯމަ 28 އޮކްޓޯބަރު 2019 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އިންތިޤާލީ އިންޞާފުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލު ކުރެއްވުން

ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުޞަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަދި އެކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރެއްވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށްޓަކައި ހުށަހަޅާ ޤަރާރަށް ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރެއްވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

ޤާނޫނު ނަންބަރު 13/2019، (ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު އިޞްލާޙު ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، އަލްފާޟިލް ފަތުޙުﷲ ޖަމީލް ފިނިފެންމާގެ/ ތ.ތިމަރަފުށި، ޢައްޔަންކުރެއްވުމަށްޓަކައި މަޖިލީހުން ފާސްކުރެއްވުން

ޤާނޫނު ނަންބަރު 13/2019، (ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު އިޞްލާޙު ގައިވާ ގޮތުގެމަތިން، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، އަލްފާޟިލާ އަސްމާ ޝަފީޢު ވައިޖެހޭގެ/ ހއ.އިހަވަންދޫ، ޢައްޔަންކުރެއްވުމަށްޓަކައި މަޖިލީހުން ފާސްކުރެއްވުން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2020 ވަނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރެއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޚަލީލް، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށްޓަކައި މަޖިލީހުން ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ރުހުން ހޯދުން
އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަލްފާޟިލް މުޙައްމަދު ޚަލީލް ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ރުހުން ހޯދުން
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2020 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 19)

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA