2019 ވަނަ އަހަރުގެ ތިންވަނަ ދައުރު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 71 ވަނަ ޖަލްސާ

އަންގާރަ 26 ނޮވެމްބަރު 2019

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/71/2019

ޖަލްސާގެ ޚުލާސާ

ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲއާ ސުވާލުކުރެއްވުން

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ހުށަހަޅުއްވާފައިވާ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދިއުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އިންތިޤާލީ އިންޞާފުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުން

ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވާފައިވާ، ޖަމްޢިއްޔާތަކުގެ ބިލުގެ ބަހުސްކުރިއަށް ގެންދިއުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ފޮނުއްވާފައިވާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު، 5 ޑިސެމްބަރު2019 ގެ ނިޔަލަށް އިތުރުކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA