ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 77 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/77/2019

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ހޮނިހިރު 7 ޑިސެމްބަރު 2019 10:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2019ވަނަ އަހަރުގެ ތިންވަނަ ދައުރު

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، މަދަނީ އިޖުރާއަތުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު ހުށަހަޅުއްވާފައިވާ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވާފައިވާ، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ، އެއްމެދު ޢިމާރާތުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް (ލޮކް ސަބާ) އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވުމަށްޓަކައި މަޖިލީހުން ފާސްކުރެއްވުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ހ. ހިޔާކަން، އަލްއުސްތާޛު ޙުސައިން ޝަމީމްގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން، އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި މ.ގުލްފާމްގެ، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ސ.މީދޫ، ހަސަންކާރިގެ، އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ޢައްޔަންކުރުމަށް ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ކޮމިޓީން ފޮނުއްވާފައިވާ ދެ ނަންފުޅަށް ވޯޓަށް އެއްސެވި. ނަމަވެސް ދެ ނަންފުޅަށްވެސް މަޖިލީހުން ރުހުމެއް ނުލިބުނު.

ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، ދައުލަތުން އެކި ފަރާތްތަކާއެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުޞޫލުތައް މުރާޖަޢާކޮށް، ދައުލަތަށް ބުރަނުވާނޭ އުޞޫލެއް ޤާއިމުކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ޤަރާރު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް
ދައުލަތުން އެކިފަރާތްތަކާއެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތުން ބުރަނުވާނޭ އުސޫލެއް ޤާއިމުކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރު ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ޢައްޔަންކުރެއްވުމުގެ މައްސަލަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމުގެ މައްސަލަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމުގެ މައްސަލަ އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް (ލޮކް ސަބާ) އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގއާ ގުޅޭ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA