ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/2/1/2020

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

އަންގާރަ 4 ފެބްރުއަރީ 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2020ވަނަ އަހަރުގެ ފުރަތަމަ ދައުރު

ޖަލްސާގެ ޚުލާސާ

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ނަފްސާނީ ޞިއްޙަތުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ގޮތުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި، އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހ.ނިޔާސާ، ޑޮކްޓަރ ޙުސައިން ނިޔާޒު، މިޞްރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ފެޑަރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލް އަޙްމަދު ސަލީމްގެ ބަދަލުގައި، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހ.ދޫރިހާ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ، ނޭޕާލްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ) ގެ މުޢާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން ޕްރޮސީޖަރސް" ނުވަތަ ރިވައިޒް ކިޔޯޓޯ ކޮންވެންޝަން" (އާރު.ކޭ.ސީ) ގައި ދިވެހިރާއްޖެއިން ސޮއިކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، "ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (CEDAW)" މުޢާހަދާގެ 16 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (ބީ)، (އީ)، (ޖީ)، (އެޗް) އަދި އެ މާއްދާގެ (2) ވަނަ ނަންބަރަށް ދިވެހިރާއްޖެއިން ކޮށްފައިވާ އިއުތިރާޒުތައް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 241 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަންގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާގުޅޭ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު، ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަންގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް މަޖިލީހުން ފާސްކުރެއްވުން

ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، "ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަނދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރު" ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، "ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ޤަރާރު"، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ގެދޮރު ނެތް ފަރާތްތަށާއި، އަލަށް ޒަވާޖީ ޙަޔާތެއް ފަށާ ދިވެހި ރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅިފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމްސް ސްޓްރެންތެނިންގ ޕްރޮޖެކްޓްގެ 2014، 2015، 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރު ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅާ ޤަރާރު ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރު ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު މިޞްރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހ.ނިޔާސާ، ޑޮކްޓަރ ޙުސައިން ނިޔާޒު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 241 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަންގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާގުޅޭ މައްސަލަ ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމްސް ސްޓްރެންތެނިންގ ޕްރޮޖެކްޓްގެ 2014، 2015، 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA