ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރުއާ ސުވާލުކުރެއްވުން
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން
ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، މަދަނީ އިޖުރާއަތުގެ ބިލުގެ އިބްތިދާއީބަހުސް ފައްޓަވައި ބަހުސް ކުރިއަށް ގެންދިއުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރެއްވުން
ސަރުކާރުގެ ފަރާތުން، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު ހުށަހަޅުއްވާފައިވާ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލުގެ އިބްތިދާއީބަހުސް ފެއްޓެވުން
ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ހުށަހަޅުއްވާފައިވާ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދިއުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރެއްވުން
"ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރު" އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ޤަރާރަށް ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ފާސްކުރެއްވުން
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA