ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/12/1/2020

ދައުރު

2020ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

ބުދަ 26 ފެބްރުއަރީ 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ، ވ. ފުލިދޫ ގިރެމުންދާ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީންއާ ސުވާލު ކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން

ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ، އެއްމެދު ޢިމާރާތުގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވައި ބިލުގެ ބަހުސް ކުރިއަށް ގެންދެވުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ސަބްސިޑިއަރީއެއްކަމަށްވާ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްއިން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި، ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުޙުމަތުކުރެވޭތީ، އެ މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ "ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރު" އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ފާސްކުރެއްވުން

12 ނޮވެންބަރު 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އެމް.ޓީ.ސީ.ސީގެ ބަހެއްގައި ޖެހި ސައިކަލެއްގައި އިން 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައިވާތީ، އެމް.ޓީ.ސީ.ސީއިން ބަހުގެ ޚިދުމަތްދިނުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ޢަމަލުކުރަމުންދޭތޯއާއި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ބައްލަވައިދެއްވުންއެދި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA