ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/13/1/2020

ދައުރު

2020ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

ހޯމަ 2 މާރިޗު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލާ ޒަހާ ވަޙީދުއާ ސުވާލު ކުރެއްވުން

އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން

ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވައި ބަހުސްކުރިއަށް ގެންދެވުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ސަބްސިޑިއަރީއެއްކަމަށްވާ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްއިން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި، ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުޙުމަތުކުރެވޭތީ، އެ މައްސަލަ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރެއްވުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA