ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/17/1/2020

ދައުރު

2020ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

އަންގާރަ 10 މާރިޗު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރެއްވުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުން. އެއަށްފަހު މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކޮށް ނިންމެވުމަށްފަހު މުޅި މަޖިލީހުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައި ބިލު މަޖިލީހުން ފާސްކުރެއްވުން

ރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ބިލު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA