ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/19/1/2020

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ހޯމަ 16 މާރިޗު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2020ވަނަ އަހަރުގެ ފުރަތަމަ ދައުރު

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވައި ބިލުގެ ބަހުސްކުރިއަށް ގެންދެވުން

ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލު މަޖިލީހުން ބަލައިގަތުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، 9 ފެބުރުވަރީ 2020 ވަނަ ދުވަހު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ހ. ދޫރިހާ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއަށް، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ހ. ދޫރިހާ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްކުރެއްވުން

ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ، އެއްމެދު ޢިމާރާތުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުން

ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA