2020 ވަނަ އަހަރުގެ ފުރަތަމަ ދައުރު

2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާ

އާދިއްތަ 26 އޭޕްރީލު 2020

11:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/30/1/2020

ޖަލްސާގެ ޚުލާސާ

ކޮވިޑް-19 ރޯގާއާ ގުޅިގެން އަންނަ އިޤްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމާގުޅޭ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވައި، މި މައްސަލައަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވައި، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއީދުކުރައްވާފައިވާ އިޞްލާޙު މަޖިލީހުން ފާސްކުރެއްވުން

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ގެ ބަހުސްކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ބަލައިގަތުން

ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA